އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މާލެ، ތިލަފުއްޓަށް ގެންގޮސްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެ (2)

އިޢުލާނު

ކުނި މާލެ، ތިލަފުއްޓަށް ގެންގޮސްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެ(2)

 

މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ މިކައުންސިލްގެ ނަންބަރ: (IUL)342/INDIV/2021/54  (10 ޖޫން 2021) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީޥެ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

މިއިދާރާގެ ފަރާތުން ގޭބީސީތަކާއި ވިޔަފާރިތަކުން ނަގާ ކުނީގެ ތެރެއިން ޕްލާސްޓިކް އަދި ދަގަނޑުގެ ބާވަތްތައް މިއިދާރާއިން އަންގާގޮތެއްގެ މަތިން މާލެ އަދި ތިލަފުއްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަވާލާއެއް ގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑް ހުށަހެޅުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

06 ޖުލައި 2021

އިންގާރަ

11:30

ބިޑް ހުށަހެޅުން

11 ޖުލައި 2021

އާދިއްތަ

11:30

 

           މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

           މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                        19 ޛުލްޤައިދާ 1442

29 ޖޫން 2021
ހޯދާ