ދިވެހިރާއްޖެ
އިޢުލާނު
ކުނި މާލެ، ތިލަފުއްޓަށް ގެންގޮސްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެ(2)
މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ މިކައުންސިލްގެ ނަންބަރ: (IUL)342/INDIV/2021/54 (10 ޖޫން 2021) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީޥެ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިއިދާރާގެ ފަރާތުން ގޭބީސީތަކާއި ވިޔަފާރިތަކުން ނަގާ ކުނީގެ ތެރެއިން ޕްލާސްޓިކް އަދި ދަގަނޑުގެ ބާވަތްތައް މިއިދާރާއިން އަންގާގޮތެއްގެ މަތިން މާލެ އަދި ތިލަފުއްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަވާލާއެއް ގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑް ހުށަހެޅުން އެދެމެވެ.
ތާރީޚް |
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ސާފުކުރުން |
06 ޖުލައި 2021 |
އިންގާރަ |
11:30 |
ބިޑް ހުށަހެޅުން |
11 ޖުލައި 2021 |
އާދިއްތަ |
11:30 |
މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޛުލްޤައިދާ 1442