ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ގއ. މާމެންދޫ
ދިވެހިރާއްޖެ
ނަންބަރު: GS198/2021/IUL/06
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން:
ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 2021ޖޫން 28 އާއި 2021 ޖުލައި 4ގެ 8:00 ން 12:00 އާއި ދެމެދު މާމެންދޫ ސްކޫލާއި ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.
މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021ޖުލައި 4 ވާ އާދީއްތަ ދުވަހު މެންދުރު 12.00ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ.
މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޖުލައި 5 ވާ ހޯމަ ދުވަހު މެންދުރު 1.00 ގައި މާމެންދޫ ސްކޫލުގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖުލައި 11 ވާ އާދީއްތަ ދުވަހު މެންދުރު 1.00 ގައި މާމެންދޫ ސްކޫލު އޮފީހުގައެވެ.
މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.
17 ޛުލްޤަޢިދާ 1442
27 ޖޫން 2021