ބީލަން
ނަންބަރު: GS198/2021/IUL-06
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 11 ޖުލައި 2021 13:00
މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ:

މާމެންދޫ ސްކޫލް

  ގއ. މާމެންދޫ

          ދިވެހިރާއްޖެ                

                                                                                         ނަންބަރު:    GS198/2021/IUL/06 

އިޢުލާން

ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން:

ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 2021ޖޫން 28 އާއި 2021 ޖުލައި 4ގެ 8:00 ން 12:00 އާއި ދެމެދު މާމެންދޫ ސްކޫލާއި ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ   2021ޖުލައި 4 ވާ އާދީއްތަ ދުވަހު މެންދުރު 12.00ގެ ކުރިން [email protected]  ފޮނުއްވުން އެދެމެވެ.

މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021  ޖުލައި 5 ވާ ހޯމަ ދުވަހު މެންދުރު 1.00 ގައި މާމެންދޫ ސްކޫލުގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2021 ޖުލައި 11 ވާ އާދީއްތަ ދުވަހު މެންދުރު 1.00 ގައި  މާމެންދޫ ސްކޫލު އޮފީހުގައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.

                             17 ޛުލްޤަޢިދާ 1442

                              27 ޖޫން 2021                          

27 ޖޫން 2021