ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
މި ޓްރައިބިއުނަލްގެ އޮފީސް އިމާރާތުގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަންބަރު: 223/1/2021/21(IUL)

ތާރީޚް:  24 ޖޫން 2021

މިޓްރައިބިއުނަލްގެ އޮފީސް އިމާރާތުގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 މި ޓްރައިބިއުނަލްގެ އޮފީސް އިމާރާތގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު:  223/1/2021/19 (IUL) (14 ޖޫން 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

 ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

           

ބީލަން ހުށަހެޅުން

ތަން

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލް

(ގ.މާގަހަ ތިންވަނަ ފަންގިފިލާ)

06 ޖުލައި 2021، 10:00 ގައި

        މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކުވަނީ ހިމެނިފައެވެ.

        މި ބީލަމާ ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 05 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ރަސްމީ ގަޑިތަކުގައި މިޓްރައިބިއުނަލަށް ވަޑައިގަތުމުން ތަނުގެ މިންތައް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 05 ޖުލައި 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected]  އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ.

        ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ

      14 ޛުލްޤަޢިދާ 1442

      24  ޖޫން 2021

 

24 ޖޫން 2021
ހޯދާ