ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ |
ނަންބަރު: 223/1/2021/21(IUL) |
ތާރީޚް: 24 ޖޫން 2021 |
މިޓްރައިބިއުނަލްގެ އޮފީސް އިމާރާތުގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ޓްރައިބިއުނަލްގެ އޮފީސް އިމާރާތގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު: 223/1/2021/19 (IUL) (14 ޖޫން 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުން |
ތަން |
ތާރީޚާއި ގަޑި |
ޓެކްސް އެޕީލް ޓްރައިބިއުނަލް (ގ.މާގަހަ ތިންވަނަ ފަންގިފިލާ) |
06 ޖުލައި 2021، 10:00 ގައި |
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކުވަނީ ހިމެނިފައެވެ.
މި ބީލަމާ ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 05 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ރަސްމީ ގަޑިތަކުގައި މިޓްރައިބިއުނަލަށް ވަޑައިގަތުމުން ތަނުގެ މިންތައް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 05 ޖުލައި 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ
14 ޛުލްޤަޢިދާ 1442
24 ޖޫން 2021