ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2 ކޮޓަރި މަރާމާތު ކުރުން
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތ.އަތޮޅު ކައުންސިލް އިދާރާގެ މެހެމާން 2 ކޮޓަރި އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިއުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2021 ޖޫން 28ވާ ހޯމަ ދުވަހުގެ މެންދުރު 11:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް މެއިލްކުރެއްވުމުން ރެޖިސްޓްރީކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
- މިބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގް ބޭއްވޭނީ 2021 ޖޫން 29ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2021 ޖުލައި 06ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް ފޮނުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ރަސްމީ ކޮންމެ ދުވަހެއްގެ 8:30ން 11:00އަށް މިއިދާރާއަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމާއި،އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިއުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2021 ޖުލައި 07ވާ ބުދަ ދުވަހުގެ 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- މިކަމަށް ޝައުޤުވެރިވާފަރާތެއްހޯދުމަށް އިޢުލާންކުރެވުނު މިއިދާރާގެ ނަމްބަރ: (IUL)239-IED/239/2021/12 (14.6.2021 ) އިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށް ބީލަމުގައި ރަޖިސްޓްރީ ކުރައްވާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެ އިޢުލާން ބާޠިލް ކޮށްފީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ، ހަވީރީ ހިނގުން، ދިވެހިރާއްޖެ.
ފޯން: 6780700 / 9710106
އީމެއިލް: [email protected]
22 ޖޫން 2021
22 ޖޫން 2021
ހޯދާ