ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)239-IED/239/2021/16
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 28 ޖޫން 2021 11:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ކޮޓަރި މަރާމާތު ކުރުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

          

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތ.އަތޮޅު ކައުންސިލް އިދާރާގެ މެހެމާން 2 ކޮޓަރި އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިއުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2021 ޖޫން 28ވާ ހޯމަ ދުވަހުގެ މެންދުރު 11:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް މެއިލްކުރެއްވުމުން ރެޖިސްޓްރީކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
  3. މިބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގް ބޭއްވޭނީ 2021 ޖޫން 29ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2021 ޖުލައި 06ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް ފޮނުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ރަސްމީ ކޮންމެ ދުވަހެއްގެ 8:30ން 11:00އަށް މިއިދާރާއަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
  5. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމާއި،އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިއުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
  6. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  2021 ޖުލައި 07ވާ ބުދަ ދުވަހުގެ 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

 

  1. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

 

  1. މިކަމަށް ޝައުޤުވެރިވާފަރާތެއްހޯދުމަށް އިޢުލާންކުރެވުނު މިއިދާރާގެ ނަމްބަރ: (IUL)239-IED/239/2021/12 (14.6.2021 ) އިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށް ބީލަމުގައި ރަޖިސްޓްރީ ކުރައްވާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެ އިޢުލާން ބާޠިލް ކޮށްފީމެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ، ހަވީރީ ހިނގުން،  ދިވެހިރާއްޖެ.

ފޯން:      6780700 / 9710106

އީމެއިލް:    [email protected]

         22 ޖޫން 2021

22 ޖޫން 2021