މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްއަށް އެއަރ ކޮންޑިޝަން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު:- (IUL)167-PR/167/2021/43  އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 19 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ރެފް ކޫލް

ހުށަހަޅާފައިވާ އަގު:-

105,078.87 ރ

ހުށަހަޅާފައިވާ މުއްދަތު:-

01 ދުވަސް

  2.     ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-

ކުންފުނީގެ ނަން:-

ޒެޑް.އެސް މޯލްޑިވްސް

ހުށަހަޅާފައިވާ އަގު:-

189,655.20 ރ

ހުށަހަޅާފައިވާ މުއްދަތު:-

03 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތަށެވެ.

ކުންފުނީގެ ނަން:-

މާސްޓަރ މައިންޑް އިންވެސްޓްމެންޓް

ހުށަހަޅާފައިވާ އަގު:-

157,956.96 ރ

ހުށަހަޅާފައިވާ މުއްދަތު:-

05 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މަޢުލޫމާތު ޝީޓްގައި، އަހު ހުށަހަޅަންވާނީ އިންސްޓޯލް ކުރުމުގެ ފީ އާއެކު ކަމަށް ބަޔާން ކޮށްފައިވާއިރު، މާސްޓަރ މައިންޑް އިންވެސްޓްމެންޓުން އަގު ހުށަހަޅާފައިވަނީ އެއަރ ކޮންޑިޝަނަރ ސަޕްލައި ކޮށްދިނުމުގެ އަގު އެކަނިކަމަށް ވާތީ، ހުށަހަޅާފައިވާ އަންދާސީ ހިސާބު އިވެލުއޭޓް ނުކުރެއެވެ.

 ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2021 ޖޫން 27 ވަނަ ދުވަހެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

އީ.މެއިލް :-[email protected]

ސެކްޝަން :-Procurement section

ފޯން ނަންބަރު :- 3026124 , 3026133 

20 ޖޫން 2021
ހޯދާ