ދިވެހިރާއްޖެ
ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު:- (IUL)167-PR/167/2021/43 އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 19 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-
ކުންފުނީގެ ނަން:- |
ރެފް ކޫލް |
ހުށަހަޅާފައިވާ އަގު:- |
105,078.87 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
01 ދުވަސް |
2. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-
ކުންފުނީގެ ނަން:- |
ޒެޑް.އެސް މޯލްޑިވްސް |
ހުށަހަޅާފައިވާ އަގު:- |
189,655.20 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
03 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތަށެވެ. |
ކުންފުނީގެ ނަން:- |
މާސްޓަރ މައިންޑް އިންވެސްޓްމެންޓް |
ހުށަހަޅާފައިވާ އަގު:- |
157,956.96 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
05 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މަޢުލޫމާތު ޝީޓްގައި، އަހު ހުށަހަޅަންވާނީ އިންސްޓޯލް ކުރުމުގެ ފީ އާއެކު ކަމަށް ބަޔާން ކޮށްފައިވާއިރު، މާސްޓަރ މައިންޑް އިންވެސްޓްމެންޓުން އަގު ހުށަހަޅާފައިވަނީ އެއަރ ކޮންޑިޝަނަރ ސަޕްލައި ކޮށްދިނުމުގެ އަގު އެކަނިކަމަށް ވާތީ، ހުށަހަޅާފައިވާ އަންދާސީ ހިސާބު އިވެލުއޭޓް ނުކުރެއެވެ. |
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2021 ޖޫން 27 ވަނަ ދުވަހެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
އީ.މެއިލް :-[email protected]
ސެކްޝަން :-Procurement section
ފޯން ނަންބަރު :- 3026124 , 3026133