ދިވެހިރާއްޖެ
c
ނިލަންދޫ ސުކޫލް Nilandhoo School
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ North Huvadhu Atoll, Nilandhoo
ދިވެހިރާއްޖެ Republic of Maldives
ނަންބަރ: GS-195/2021/IUL/3
2021 ވަނަ އަހަރު މިސްކޫލަށް ކުދީން ވެއްދުން
2021 ވަނަ އަހަރު މިސްކޫލުގެ އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގައި އުމުރުފުރާ ކަނޑައެޅިފައިވާ ގޮތް:
މަރުޙަލާ |
އުމުރުފުރާ |
އެލް.ކޭ.ޖީ
|
2021 ވަނަ އަހަރުގެ 31 ޑިސެމްބަރ އަށް 5 އަހަރު ފުރޭ ދަރިވަރުން.
|
އިތުރު ބަޔާން: |
|
ނާރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި 31 މާރޗު 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ޖާގަ ލިބޭނެއެވެ. މީގެ އިތުރުންވެސް ނާރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 އަށް 4 އަހަރު ފުރޭ ދަރިވަރުންނަށްވެސް އެލް.ކޭ.ޖީ އިން ޖާގަ ލިބޭނެއެވެ. |
ޕްރީސްކޫލް ދަރިވަރުންގެ ސްޓޭޝަނަރީ ވައުޗަރ އާއި ގުޅޭ:
ޕްރީސްކޫލް ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ ދިނުމުގެ ބަދަލުގައި، އެދަރިވަރުންނަށް ބޭނުންވާ ތަކެތި ސްކޫލުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއްވެސް ކުއްޖަކަށް ވަކިން ސްޓޭޝަނަރީ ވައުޗަރ ދޫކުރާގޮތަށް ހަމަޖެހިފައި ނުވާ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު:
އެޕްލިކޭޝަން ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 20 ޖޫން 2021 އިން ފެށިގެން 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 12:00 އަށެވެ. ފޯމް ލިބިވަޑައިގަންނަވާނީ ކުއްޖާގެ އައިޑީކާޑް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހިއްޕަވައިގެން ވަޑައިގެންނެވުމުންނެވެ.
10 ޖޫން 2021
ޚަދީޖާ އިބުރާހީމް
ޕްރިންސިޕަލް