ޢާންމު މަޢުލޫމާތު
ނަންބަރު: GS-195/2021/IUL/3
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 15 ޖުލައި 2021 12:00
ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
2021 ވަނަ އަހަރު މިސްކޫލަށް ކުދީން ވެއްދުން

 

c

 

 

ނިލަންދޫ ސުކޫލް                                                                                                        Nilandhoo School

ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ                                                                                           North Huvadhu Atoll, Nilandhoo 

ދިވެހިރާއްޖެ                                                                                                        Republic of Maldives                                                                                                                                                            

                                                    ނަންބަރ: GS-195/2021/IUL/3

2021 ވަނަ އަހަރު މިސްކޫލަށް ކުދީން ވެއްދުން

2021 ވަނަ އަހަރު މިސްކޫލުގެ އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގައި އުމުރުފުރާ ކަނޑައެޅިފައިވާ ގޮތް:

މަރުޙަލާ

އުމުރުފުރާ

 

އެލް.ކޭ.ޖީ

 

 

2021 ވަނަ އަހަރުގެ 31 ޑިސެމްބަރ އަށް  5 އަހަރު ފުރޭ ދަރިވަރުން.

 

އިތުރު ބަޔާން:

ނާރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި 31 މާރޗު 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ޖާގަ ލިބޭނެއެވެ.

މީގެ އިތުރުންވެސް ނާރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 އަށް 4 އަހަރު ފުރޭ ދަރިވަރުންނަށްވެސް އެލް.ކޭ.ޖީ އިން ޖާގަ ލިބޭނެއެވެ.

 

ޕްރީސްކޫލް ދަރިވަރުންގެ ސްޓޭޝަނަރީ ވައުޗަރ އާއި ގުޅޭ:

ޕްރީސްކޫލް ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ ދިނުމުގެ ބަދަލުގައި، އެދަރިވަރުންނަށް ބޭނުންވާ ތަކެތި ސްކޫލުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއްވެސް ކުއްޖަކަށް ވަކިން ސްޓޭޝަނަރީ ވައުޗަރ ދޫކުރާގޮތަށް ހަމަޖެހިފައި ނުވާ ވާހަކަ ދެންނެވީމެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު:

އެޕްލިކޭޝަން ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 20  ޖޫން 2021 އިން  ފެށިގެން 15 ޖުލައި  2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 12:00 އަށެވެ. ފޯމް ލިބިވަޑައިގަންނަވާނީ ކުއްޖާގެ އައިޑީކާޑް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހިއްޕަވައިގެން ވަޑައިގެންނެވުމުންނެވެ.

                         10  ޖޫން  2021

 

 

                                                                                                                                                    ޚަދީޖާ އިބުރާހީމް

                                                                ޕްރިންސިޕަލް

10 ޖޫން 2021