މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
"ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް" އެއް ހޯދުން

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް (LAMP: P172631)

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

                                    ދިވެހިރާއްޖެ         

އިޢުލާން ނަންބަރު:     (IUL) 22-PU/22/2021/94            ތާރީޚް: 3 ޖޫން  2021                                       

 

ޕްރޮކިއުމަންޓް ރިފަރަންސް : MV-MOE-227364-GO-RFB

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

"ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް" އެއް ހޯދުން:

 

  1. ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް" ގެ ފަރާތުން ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 3، 4، 5 އަދި 6 ގައި ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް "ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް"ގެ 17,500 ލައިސަންސް 3 އަހަރުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެއެވެ.
  2. މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްމަށް ރަސްމީ ކޮންމެ ދުވަހެއްގެ 08:30-13:30 އާއިދެމެދު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  3. މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް https://www.moe.gov.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. ބިޑް އުސޫލު ،[email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ. މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.
  4. މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއޮމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާސް ޕްރޮކިއޮމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.
  5. މިބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000 ދިވެހި ރުފިޔާ ނުވަތަ -/1,295 ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ.
  6. މި ބީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮގަސްޓު 2 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީ އާއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑް އަދި އިލެކްޓްރޯނިކް ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  7. ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓު 2 ވާ ހޯމަ ދުވަހުގެ 13:00 ގައި ތިރީގައިވާ އެޑްރެހުގައެވެ.
  8. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލޭމްޕް ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ. 

ފޯން: 9603341295+

އީ-މެއިލް: [email protected]

03 ޖޫން 2021
ހޯދާ