ބީލަން
ނަންބަރު: (IUL) 22-PU/22/2021/94
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 21:14
ސުންގަޑި:
02 އޮގަސްޓް 2021 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް" އެއް ހޯދުން
މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް (LAMP: P172631)
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL) 22-PU/22/2021/94 ތާރީޚް: 3 ޖޫން 2021
ޕްރޮކިއުމަންޓް ރިފަރަންސް : MV-MOE-227364-GO-RFB
ބީލަން ހުށަހެޅުމުގެ ދަޢުވަތު
"ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް" އެއް ހޯދުން:
- ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް" ގެ ފަރާތުން ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 3، 4، 5 އަދި 6 ގައި ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް "ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް"ގެ 17,500 ލައިސަންސް 3 އަހަރުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެއެވެ.
- މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްމަށް ރަސްމީ ކޮންމެ ދުވަހެއްގެ 08:30-13:30 އާއިދެމެދު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް https://www.moe.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ބިޑް އުސޫލު ،[email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ. މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.
- މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއޮމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާސް ޕްރޮކިއޮމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.
- މިބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000 ދިވެހި ރުފިޔާ ނުވަތަ -/1,295 ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ.
- މި ބީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮގަސްޓު 2 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީ އާއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑް އަދި އިލެކްޓްރޯނިކް ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓު 2 ވާ ހޯމަ ދުވަހުގެ 13:00 ގައި ތިރީގައިވާ އެޑްރެހުގައެވެ.
- މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ލޭމްޕް ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 9603341295+
އީ-މެއިލް: [email protected]
03 ޖޫން 2021