ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖޫން 2014 ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 12 ޖޫން 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
1- ކޯހުގެ ނަން: ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން |
|
މުއްދަތު: 2 އަހަރު (4 ސިމެސްޓަރ) |
ޖާގަ: 150 (ޖުމްލަ) |
ކޯސްހިންގުމަށް ހަމަޖެހިފައިވާ ސެންޓަރ: ކ. މާލެ ( 30 ޖާގަ)، ހދ. ކުޅުދުއްފުށި ( 30 ޖާގަ)، ލ.ގަން ކެމްޕަސް ( 30 ޖާގަ)، ގދ. ތިނަދޫ ( 30 ޖާގަ)، ސ. ހިތަދޫ ( 30 ޖާގަ) |
|
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު: ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ ށ.ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ނ.ގްރޭޑް 10 ނިންމާފައި އޮތުން އަދި ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް / އެސް.އެސް.ސީ އިމްތިޙާންތަކުން 1 މާއްދާއިން ފާސްވެފައިވުމާއެކު 4 އަހަރު ދުވަހު ގާނޫނީ ދާއިރާގައި މަސައްކަތް ކޮށްފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނޯޓް: މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީ ވާނަމައެވެ. |
28 ރަޖަބު 1435