ތަމްރީނު
ނަންބަރު: MNU-CA/RG/2014/307
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2014
ޕަބްލިޝްކުރި ގަޑި: 16:04
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖޫން 2014 ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 12 ޖޫން 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1-   ކޯހުގެ ނަން: ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 150 (ޖުމްލަ)

ކޯސްހިންގުމަށް ހަމަޖެހިފައިވާ ސެންޓަރ: ކ. މާލެ ( 30 ޖާގަ)، ހދ. ކުޅުދުއްފުށި ( 30 ޖާގަ)، ލ.ގަން ކެމްޕަސް ( 30 ޖާގަ)، ގދ. ތިނަދޫ ( 30 ޖާގަ)، ސ. ހިތަދޫ ( 30 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.ގްރޭޑް 10 ނިންމާފައި އޮތުން އަދި ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް / އެސް.އެސް.ސީ އިމްތިޙާންތަކުން 1 މާއްދާއިން ފާސްވެފައިވުމާއެކު 4 އަހަރު ދުވަހު ގާނޫނީ ދާއިރާގައި މަސައްކަތް ކޮށްފައިވުން.

އަދި

އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް: މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީ ވާނަމައެވެ.

28 ރަޖަބު 1435

27 މޭ 2014