މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހއ.ހޯރަފުށި އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކުރާނެ ފަރާތެއް ހޯދުން.

ހއ.ހޯރަފުށި އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކުރާނެ ފަރާތެއް ހޯދުން.

މިފްކޯގެ ފަރާތުން ހއ.ހޯރަފުށީ ގައި ޤާއިމްކުރާ އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް 26 އޭޕްރިލް 2021 ގައި ކުރި ޢިއުލާން (NO:134-AD/I/2021/33 ) އަށް ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އާއި އެކަށީގެންވާ އަދަދަކަށް ޕްރޮޕޯސަލް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 27 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]  އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކަށް، މަޢުލޫމާތު ކަރުދާސް (އާރ.އެފް.ކިއު) 27 މެއި 2021 މެއި ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ކުރިން އީމެއިލް މެދުވެރިކޮށް ޙަވާލުކުރެވޭނެއެވެ.

 މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 02 ޖޫން 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އާއި މެންދުރުފަހު 14:00 ދެމެދު [email protected]  އީމެއިލް އަށް ޕްރޮޕޯސަލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ޕްރަޕޯސަލް ތަކާއި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮއްފައިނުވާ ފަރާތްތަކުގެ ޕްރަޕޯސަލް ބަލައިނުގަނެވޭނެއެވެ. ޕްރަޕޯސަލް ހުޅުވުން އޮންނާނީ 02 ޖޫން 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ [email protected] އީމެއިލް މެދުވެރިކޮށް މުޢާމަލާތު ކުރެއްވުން ނުވަތަ ނަންބަރ 3323932 ފޯނާ ގުޅުއްވުން އެދެމެވެ. 

 

24 މޭ 2021
ހޯދާ