ދިވެހިރާއްޖެ
ހއ.ހޯރަފުށި އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކުރާނެ ފަރާތެއް ހޯދުން.
މިފްކޯގެ ފަރާތުން ހއ.ހޯރަފުށީ ގައި ޤާއިމްކުރާ އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް 26 އޭޕްރިލް 2021 ގައި ކުރި ޢިއުލާން (NO:134-AD/I/2021/33 ) އަށް ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އާއި އެކަށީގެންވާ އަދަދަކަށް ޕްރޮޕޯސަލް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 27 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކަށް، މަޢުލޫމާތު ކަރުދާސް (އާރ.އެފް.ކިއު) 27 މެއި 2021 މެއި ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ކުރިން އީމެއިލް މެދުވެރިކޮށް ޙަވާލުކުރެވޭނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 02 ޖޫން 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އާއި މެންދުރުފަހު 14:00 ދެމެދު [email protected] އީމެއިލް އަށް ޕްރޮޕޯސަލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ޕްރަޕޯސަލް ތަކާއި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮއްފައިނުވާ ފަރާތްތަކުގެ ޕްރަޕޯސަލް ބަލައިނުގަނެވޭނެއެވެ. ޕްރަޕޯސަލް ހުޅުވުން އޮންނާނީ 02 ޖޫން 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ [email protected] އީމެއިލް މެދުވެރިކޮށް މުޢާމަލާތު ކުރެއްވުން ނުވަތަ ނަންބަރ 3323932 ފޯނާ ގުޅުއްވުން އެދެމެވެ.