ދިވެހިރާއްޖެ
އިޢުލާން
ކ.ގުޅީފަޅު އައިސޮލޭޝަން ފެސިލިޓީއަށް ކޭޓަރިންގ ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 މޭ 2021 ވާ ބުދަ ދުވަހުން ފެށިގެން 23 މޭ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މޭ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 މޭ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
30 ރަމަޟާން 1442
