މަސައްކަތް
ނަންބަރު: (IUL)23-AP/23/2021/112
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2021
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 23 މޭ 2021 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގުޅީފަޅު އައިސޮލޭޝަން ފެސިލިޓީއަށް ކޭޓަރިންގ ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 ކ.ގުޅީފަޅު އައިސޮލޭޝަން ފެސިލިޓީއަށް ކޭޓަރިންގ ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 މޭ 2021 ވާ ބުދަ ދުވަހުން ފެށިގެން 23 މޭ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން [email protected]އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މޭ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ  (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 މޭ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

30 ރަމަޟާން  1442

12 މޭ 2021