އިންޓާންޝިޕް ފުރުޞަތު
|
ތާރީޚް
|
11 މޭ 2021
|
ނަންބަރު
|
(IUL)168-CA/1/2021/44
|
ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ބޭނުންވާ ޔުނިޓް:
|
ހިއުމަން ރިސޯސަސް
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން
- ހިއުމަން ރިސޯސަސް ދާއިރާގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތައް
|
މައިގަނޑު މަސައްކަތް:
|
- މުވައްޒަފުންގެ އެޓެންޑެންސް ރެކޯޑްތައް ބަލެހެއްޓުން
- މުވައްޒަފުންގެ ޗުއްޓީ ރެކޯޑްތައް ބެލެހެއްޓުމާއި ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވެދިނުން
- މުވައްޒަފުންނަށް އެކިއެކި ބޭނުމަށް ދޫކުރާ ރެފަރެންސް ސިޓީތައް ތައްޔާރުކުރުން
- ޔުނިޓުގެ ޑޮކިއުމަންޓު ފައިލްކުރުން
- ޔުނިޓުގެ މަސައްކަތާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން
|
ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ބޭނުންވާ ޔުނިޓް:
|
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- އައި.ޓީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތައް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
|
މައިގަނޑު މަސައްކަތް:
|
- Prepare requirement/specification sheet for IT needs
- Troubleshoot PC’s both hardware and software
- Troubleshoot Network
- Troubleshoot Telephones
- Installing and setting windows and other application software on computers
- Installing and setup printers and scanners
- Active directory management (windows server)
- Update and maintain WordPress website
- Setup stations for online meetings
10. The above tasks to be carried out under guidance and instructions from IT officer
|
ކޮމިޝަން ބިއުރޯ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ފަދަ ދާއިރާތަކުން ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުން
- ކޮމިޝަނުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން
|
މައިގަނޑު މަސައްކަތް:
|
- ކޮމިޝަން ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން
- ޑިޕާޓްމަންޓުގެ މަސައްކަތްތަކުގައި މުވައްޒަފުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް
- ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
- ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އެހެން ތަނެއްގައި ވަޒީފާ އަދާ ކުރަމުންދާނަމަ އެ ތަނުގައި ވަޒީފާއަދާ ކުރިކަން ނުވަތަ ކުރަމުންދާކަން އަންގައިދިނުމުގެ ގޮތުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
|
ސުންގަޑި
|
2021 މޭ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
އެހެނިހެން
|
- އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
- އިންޓާންސްގެ ގޮތުގައި ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- އިންޓާންސްގެ ގޮތުގައި ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- އިންޓާންސްގެ ގޮތުގައި ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އިންޓާންޝިޕްގެ ފުރުޞަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. ނަމަވެސް އިންޓާންޝިޕްގެ މުއްދަތު ފުރިހަމަކުރުމުން، މަސައްކަތްކުރިގޮތުގެ ރެފަރެންސް ސިޓީއެއް ދެވޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
- އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ. އިންޓާންޝިޕަށްއެދި ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.
|