ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2021/44
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 18 މޭ 2021 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު

       

އިންޓާންޝިޕް ފުރުޞަތު

ތާރީޚް  

 

11 މޭ 2021      

ނަންބަރު 

  (IUL)168-CA/1/2021/44 

ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:       

 01 (އެކެއް)

ބޭނުންވާ މުއްދަތު:      

 03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)

ބޭނުންވާ ޔުނިޓް:       

 ހިއުމަން ރިސޯސަސް

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

 ހެނދުނު 9:00 އިން  މެންދުރުފަހު 14:00 އަށް

އިސްކަންދޭ ފަރާތްތައް:   

  1. ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން
  2. ހިއުމަން ރިސޯސަސް ދާއިރާގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތައް

މައިގަނޑު މަސައްކަތް:   

  1. މުވައްޒަފުންގެ އެޓެންޑެންސް ރެކޯޑްތައް ބަލެހެއްޓުން
  2. މުވައްޒަފުންގެ ޗުއްޓީ ރެކޯޑްތައް ބެލެހެއްޓުމާއި ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވެދިނުން
  3. މުވައްޒަފުންނަށް އެކިއެކި ބޭނުމަށް ދޫކުރާ ރެފަރެންސް ސިޓީތައް ތައްޔާރުކުރުން
  4. ޔުނިޓުގެ ޑޮކިއުމަންޓު ފައިލްކުރުން
  5. ޔުނިޓުގެ މަސައްކަތާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން

ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:       

 01 (އެކެއް)

ބޭނުންވާ މުއްދަތު:      

 03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)

ބޭނުންވާ ޔުނިޓް:       

 އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

 ހެނދުނު 9:00 އިން  މެންދުރުފަހު 14:00 އަށް

އިސްކަންދޭ ފަރާތްތައް:   

  1. އައި.ޓީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތައް
  2. އިންފޮމޭޝަން ކޮމިއުނިކޭޝަން ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)

މައިގަނޑު މަސައްކަތް:   

  1. Prepare requirement/specification sheet for IT needs
  2. Troubleshoot PC’s both hardware and software
  3. Troubleshoot Network
  4. Troubleshoot Telephones
  5. Installing and setting windows and other application software on computers
  6. Installing and setup printers and scanners
  7. Active directory management (windows server)
  8. Update and maintain WordPress website
  9. Setup stations for online meetings

10. The above tasks to be carried out under guidance and instructions from IT officer

ކޮމިޝަން ބިއުރޯ

ބޭނުންވާ ޢަދަދު:       

 01 (އެކެއް)

ބޭނުންވާ މުއްދަތު:      

 03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

 ހެނދުނު 9:00 އިން  މެންދުރުފަހު 14:00 އަށް

އިސްކަންދޭ ފަރާތްތައް:   

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ފަދަ ދާއިރާތަކުން ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުން
  2. ކޮމިޝަނުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން

މައިގަނޑު މަސައްކަތް:   

  1. ކޮމިޝަން ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން
  2. ޑިޕާޓްމަންޓުގެ މަސައްކަތްތަކުގައި މުވައްޒަފުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް   

  1. އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް
  2. ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އެހެން ތަނެއްގައި ވަޒީފާ އަދާ ކުރަމުންދާނަމަ އެ ތަނުގައި ވަޒީފާއަދާ ކުރިކަން ނުވަތަ ކުރަމުންދާކަން އަންގައިދިނުމުގެ ގޮތުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.

ސުންގަޑި           

2021 މޭ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                      

އެހެނިހެން          

  1. އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  2. އިންޓާންސްގެ ގޮތުގައި ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  3. އިންޓާންސްގެ ގޮތުގައި ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  4. އިންޓާންސްގެ ގޮތުގައި ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  5. އިންޓާންޝިޕްގެ ފުރުޞަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. ނަމަވެސް އިންޓާންޝިޕްގެ މުއްދަތު ފުރިހަމަކުރުމުން، މަސައްކަތްކުރިގޮތުގެ ރެފަރެންސް ސިޓީއެއް ދެވޭނެއެވެ. 
  6. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
  7. އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ. އިންޓާންޝިޕަށްއެދި ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

                  

 

 

 

 

11 މޭ 2021