ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ
މިއަދުން ފެށިގެން މި ރަމަޟާންމަހުގެ 24 (06 މެއި 2021) ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު ފަހު 12:30 އަށް މި އިދާރާއި ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ. ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީހަކަށް 2.4 ކިލޯގެ މިންވަރަށްވާ ފައިސާއިންނެވެ.
އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކުޑަފަރީ ކައުންސިލްގެ އިދާރާ ގެ އެކައުންޓު
ނަންބަރު:004 7720 700 438
އެކައުންޓު ނަން: ޚަރަދު 2
އޮންލައިކޮށް ފައިސާދައްކަވާ ފަރާތްތަކުން ރިމާރކްސްގައި ފައިސާ ދައްކަވާ ގޭގޭ ނަމާއި ޒަކާތް ދައްކާ ފަރާތްތަކާއި މީހުންގެ އަދަދު އަދި ކޮންބާވަތެއްގެ ކާބޯތަކެތިންކަން ޖެއްސެވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ. ފައިސާ ޖަމާކުރެއްވުމަށްފަހު ރަޝީދު [email protected] ނުވަތަ 7763264 އަށް ވައިބަރ ކުރައްވާ.
- އާދައިގެ ހަނޑުލުންނަމަ މީހަކަށް 12.00ރ
- މޮޅު ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 76.00 ރ
- އާދައިގެ ފުށުން ނަމަ މީހަކަށް 10.00 ރ
- އާޓާ ފުށުން ނަމަ މީހަކަށް 60.00 ރ
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ރަމަޟާން 1442ހ.
14 އެޕްރީލް 2021މ.
|
ޙަސަން މުޙައްމަދު ކައުންސިލްގެ ރައީސް |