ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2021/032
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 06 މޭ 2021 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

މިއަދުން ފެށިގެން މި ރަމަޟާންމަހުގެ 24 (06 މެއި 2021) ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު ފަހު 12:30 އަށް މި އިދާރާއި ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ. ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީހަކަށް 2.4 ކިލޯގެ މިންވަރަށްވާ ފައިސާއިންނެވެ.

އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކުޑަފަރީ ކައުންސިލްގެ އިދާރާ ގެ އެކައުންޓު

ނަންބަރު:004  7720 700 438

އެކައުންޓު ނަން: ޚަރަދު 2

އޮންލައިކޮށް ފައިސާދައްކަވާ ފަރާތްތަކުން ރިމާރކްސްގައި ފައިސާ ދައްކަވާ ގޭގޭ ނަމާއި ޒަކާތް ދައްކާ ފަރާތްތަކާއި މީހުންގެ އަދަދު އަދި ކޮންބާވަތެއްގެ ކާބޯތަކެތިންކަން ޖެއްސެވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ. ފައިސާ ޖަމާކުރެއްވުމަށްފަހު ރަޝީދު [email protected] ނުވަތަ 7763264 އަށް ވައިބަރ ކުރައްވާ.

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 12.00ރ
  • މޮޅު ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 76.00 ރ
  • އާދައިގެ ފުށުން ނަމަ މީހަކަށް 10.00 ރ
  • އާޓާ ފުށުން ނަމަ މީހަކަށް 60.00 ރ

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ރަމަޟާން 1442ހ.

14 އެޕްރީލް 2021މ.

 

ޙަސަން މުޙައްމަދު

ކައުންސިލްގެ ރައީސް

14 އޭޕްރިލް 2021