އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

 

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް

މާލެ،

ދިވެހިރާއްޖެ.

 

 ނަމްބަރު: IAS/MIS/2021-574  

 

                 އިޢުލާން

 

                މިކުންފުނީގައި ގިނަދުވަހު ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 26 އޭޕްރީލް 2021 ވާ ހޯމަ  ދުވަހުގެ ހެނދުނު 10:00 އަށް އެއަރޕޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ހަމަ އެދުވަހުގެ ހެނދުނު 11:00ގައި ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތުވާކަމުގައި ދަންނަވަމެވެ.

                މިނީލަމަކީ އެއަރޕޯރޓްގައި އޮންނަ ނީލަމަކަށްވާތީ، ވަގުތީ ފާސްހެދުމަށް ނީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން އައި.ޑީ.ކާޑުގެ ކޮޕީއެއް 21 އޭޕްރީލް 2021ވާ ބުދަ ދުވަހުގެ 9:00ގެ ކުރިން އައިލެންޑް އޭވިއޭޝަން މައި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.                               

                މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ 08:00 - 14:00 އާ ދެމެދު 3335566އާ ގުޅުއްވުން އެދެމެވެ.

 

                  6 رَمَضَان 1442

                  18 އޭޕްރީލް 2021

 

 

 

18 އޭޕްރިލް 2021
ހޯދާ