ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ.
ނަމްބަރު: IAS/MIS/2021-574
އިޢުލާން
މިކުންފުނީގައި ގިނަދުވަހު ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 26 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އެއަރޕޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ހަމަ އެދުވަހުގެ ހެނދުނު 11:00ގައި ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތުވާކަމުގައި ދަންނަވަމެވެ.
މިނީލަމަކީ އެއަރޕޯރޓްގައި އޮންނަ ނީލަމަކަށްވާތީ، ވަގުތީ ފާސްހެދުމަށް ނީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން އައި.ޑީ.ކާޑުގެ ކޮޕީއެއް 21 އޭޕްރީލް 2021ވާ ބުދަ ދުވަހުގެ 9:00ގެ ކުރިން އައިލެންޑް އޭވިއޭޝަން މައި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ 08:00 - 14:00 އާ ދެމެދު 3335566އާ ގުޅުއްވުން އެދެމެވެ.
6 رَمَضَان 1442
18 އޭޕްރީލް 2021