މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް (ވަގުތީ)
|
މުއްދަތު: ކޮންޓްރެކްޓް ފެށޭ ތާރީޚުން ފެށިގެން 6 މަސް ދުވަސް
|
ބޭނުންވާ ޢަދަދު: 1
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މުސާރަ
|
ކޮންމެ މަހަކު -/2000 (ދެހާސް ރުފިޔާ)
މަގާމަށް ހޮވޭ ފަރާތާއި އައި.ޔޫ.އެމް ރިސާރޗު ޓީމާދެމެދު ސޮއިކުރެވޭ އެއްބަސްވުމުގައިވާ ގަވާއިދުގެ ދަށުން މުވައްޒަފަށް މަހުން މަހަށް މުސާރަދެވޭނެއެވެ.
|
މަޤާމުގެ ޝަރްޠުތައް:
|
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ އެއަށް ވުރެ މަތީ ތައުލީމީ ސެޓްފިކެޓް އެއް އޮތުން
|
މަޤާމަށް ބޭނުންވާ ހުނަރު:
|
- އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް ނުވަތަ އޮފީސް އެޑްމިން އެސިސްޓެންޓު މަގާމުން ތަޖުރިބާ ލިބިފައިވުން
- އޮފީސް މެނޭޖްމަންޓު ސިސްޓަމަށް އަހުލުވެރިވެފައިވާ މިންވަރު.
- އޮފީސް މެޝިނަރީޒްތަކަށް އަހުލުވެރިވުން (ޕްރިންޓަރ، ކޮމްޕިއުޓަރ)
- މައިކްރޯސޮފްޓު އޮފީސް ޕެކޭޖަށް ފުރިހަމަޔަށް އަހުލުވެރިވެފައި ވުން
- ކަނޑައެޅޭ މުއްދަތުތަކާއި ވަގުތުތަކަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން
- ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ހުރުން
- މީހުންނާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
- ގިނަ ކަން ކަން އެއްފަހަރާ ރާވާ ހިންގުމުގެ ހުނަރު ހުރުން
|
މަސައްކަތުގެ ތަފްސީލް
|
- މި އެސައިންމެންޓުގެ ބޭނުމަކީ އައި.ޔޫ.އެމް އިން ކުރިޔަށް ގެންދާ ދެ ރިސާރޗު ޕޮރޮޖެކްޓްގައި އެހީތެރިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފޯނުކޯލްތަކަށް ޖަވާބުދިނުން.
- ރިސާރޗް އާއި ގުޅޭ ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތަށް ހަމަޖެއްސުން.
- މީޓިންގްތައް ރާވައި ދުވަހުން ދުވަހަށް އެ މީޓިންގްތަކުގެ ޔައުމިއްޔާ ލިޔުން.
- މަސައްކަތާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީ، މެމޯ، ފެކްސް އަދި ފޯމުތަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
- ކޮންޓެކްޓު ލިސްޓް ބެލެހެއްޓުން
- މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަށް ރާވައި އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރިސާރޗު ޓީމުން އޮތޮރައިޒް ލިބިފައިވާ ފަރާތްތަކަށް މައުލޫމާތުގެ އެކްސެސް ދިނުން.
- ޕްރޮޖެކްޓުތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
- ޕްރޮޖެކްޓު މީޓިންގްތަކަށް ދިޔުން.
- ރިސާރޗު ޕާރޓިސިޕެންޓުންނަގެ ފޮލޯއަޕް ހެދުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު)
- އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިވުން ( މައިކްރޯސޮފްޓު ވޯޑު، އެކްސެލް، އީމެއިލް އަދި އިންޓަރނެޓް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ސަނަދު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާޔަށް އެދި ހުށަހަޅާނެ ގޮތް
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
ium.to/adminstaffium
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް
|
- 8 އޭޕްރީލް 2021 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު ފަހު 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 9 އޭޕްރީލް 2021 އިން 15 މެއި 2021 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،3022110 ނަންބަރު ފޯނާއެވެ.
|