ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2021/37
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 08 އޭޕްރިލް 2021 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މި ޔުނިވަރސިޓީގެ ނަންބަރ:   IUL)170-HR/170/2021/24) (27 ފެބްރުވަރީ 2021)  އިއުލާނަށް ޝަރުތުފުރިހަމަވާ އެއްވެސް ކެންޑިޑޭޓެއް ކުރިމަތިލާފައި ނުވާތީ އެ ޢިއުލާނު ބާތިލް ކޮށް އަލުން ޢިއުލާނު ކުރަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް   (ވަގުތީ)

މުއްދަތު: ކޮންޓްރެކްޓް ފެށޭ ތާރީޚުން ފެށިގެން 6 މަސް ދުވަސް

ބޭނުންވާ ޢަދަދު: 1

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މުސާރަ

ކޮންމެ މަހަކު -/2000 (ދެހާސް ރުފިޔާ)

މަގާމަށް ހޮވޭ ފަރާތާއި އައި.ޔޫ.އެމް ރިސާރޗު ޓީމާދެމެދު ސޮއިކުރެވޭ އެއްބަސްވުމުގައިވާ ގަވާއިދުގެ ދަށުން މުވައްޒަފަށް މަހުން މަހަށް މުސާރަދެވޭނެއެވެ.

މަޤާމުގެ ޝަރްޠުތައް:

  • މަތީ ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ އެއަށް ވުރެ މަތީ ތައުލީމީ ސެޓްފިކެޓް އެއް އޮތުން

 

މަޤާމަށް ބޭނުންވާ ހުނަރު:

  • އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް ނުވަތަ އޮފީސް އެޑްމިން އެސިސްޓެންޓު މަގާމުން ތަޖުރިބާ ލިބިފައިވުން
  • އޮފީސް މެނޭޖްމަންޓު ސިސްޓަމަށް އަހުލުވެރިވެފައިވާ މިންވަރު.
  • އޮފީސް މެޝިނަރީޒްތަކަށް އަހުލުވެރިވުން (ޕްރިންޓަރ، ކޮމްޕިއުޓަރ)
  • މައިކްރޯސޮފްޓު އޮފީސް ޕެކޭޖަށް ފުރިހަމަޔަށް އަހުލުވެރިވެފައި ވުން
  • ކަނޑައެޅޭ މުއްދަތުތަކާއި ވަގުތުތަކަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން
  •  ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ހުރުން
  • މީހުންނާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
  • ގިނަ ކަން ކަން އެއްފަހަރާ ރާވާ ހިންގުމުގެ ހުނަރު ހުރުން

 

މަސައްކަތުގެ ތަފްސީލް

  • މި އެސައިންމެންޓުގެ ބޭނުމަކީ އައި.ޔޫ.އެމް އިން ކުރިޔަށް ގެންދާ ދެ ރިސާރޗު ޕޮރޮޖެކްޓްގައި އެހީތެރިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ފޯނުކޯލްތަކަށް ޖަވާބުދިނުން.
  • ރިސާރޗް އާއި ގުޅޭ ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތަށް ހަމަޖެއްސުން.
  • މީޓިންގްތައް ރާވައި ދުވަހުން ދުވަހަށް އެ މީޓިންގްތަކުގެ ޔައުމިއްޔާ ލިޔުން.
  • މަސައްކަތާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީ، މެމޯ، ފެކްސް އަދި ފޯމުތަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  • ކޮންޓެކްޓު ލިސްޓް ބެލެހެއްޓުން
  • މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަށް ރާވައި އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ރިސާރޗު ޓީމުން އޮތޮރައިޒް ލިބިފައިވާ ފަރާތްތަކަށް މައުލޫމާތުގެ އެކްސެސް ދިނުން.
  • ޕްރޮޖެކްޓުތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
  • ޕްރޮޖެކްޓު މީޓިންގްތަކަށް ދިޔުން.
  • ރިސާރޗު ޕާރޓިސިޕެންޓުންނަގެ ފޮލޯއަޕް ހެދުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު)
  •  އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިވުން ( މައިކްރޯސޮފްޓު ވޯޑު، އެކްސެލް، އީމެއިލް އަދި އިންޓަރނެޓް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ސަނަދު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާޔަށް އެދި ހުށަހަޅާނެ ގޮތް

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ. 
    ium.to/adminstaffium
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

  • 8 އޭޕްރީލް 2021 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު ފަހު 8:00 އިން  މެންދުރު 14:00 އަށެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 9 އޭޕްރީލް 2021  އިން 15 މެއި 2021 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،3022110  ނަންބަރު ފޯނާއެވެ.

 

30 މާރިޗު 2021