މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
1442 ވަނަ އަހަރުގެ ރަމަޟާންމަހާއި އަދި ޝައްވާލް މަހުގެ ފުރަތަމަ 07 ދުވަހު މިއޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ބޭންކިން ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.
ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން މެންދުރު 12:00 އަށް.
ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.
ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 09:30 އިން މެންދުރު 12:00 އަށް.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 މާރިޗު 2021
ހޯދާ
