ޢާންމު މަޢުލޫމާތު
ނަންބަރު: IL-ADM/2021/14
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 19 މޭ 2021 12:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

      1442 ވަނަ އަހަރުގެ ރަމަޟާންމަހާއި އަދި ޝައްވާލް މަހުގެ ފުރަތަމަ 07 ދުވަހު މިއޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ބޭންކިން ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.

 

ބޭންކިންގ  ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން މެންދުރު 12:00 އަށް.

ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 09:30 އިން މެންދުރު 12:00 އަށް.

      ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މާރިޗު 2021