މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 03 ފަންގިފިލައެއްގައި ހަރުކޮށްފައިވާ އެއަރކޮން އައުޓްޑޯ ޔުނިޓްތައް ބަދަލުކުރުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 03 ފަންގިފިލައެއްގައި ހަރުކޮށްފައިވާ އެއަރކޮން އައުޓްޑޯ ޔުނިޓްތައް ނައްޓައި އައު އައުޓްޑޯ ޔުނިޓް ސަޕްލައިކޮށްދިނުމާއި އިންސްޓޯލް ކުރުމާއި މަސައްކަތަށް ބޭނުންވާ ހުރިހާތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު IL-PRC/2021/09 އިޢުލާނަށް ހުށަހަޅާފައިވާ ބީލަންތަކަކީ އާރްއެފްޕީ ގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާ ބީލަންތަކަކަށްވާތީ، ހުށަހަޅާފައިވާ ހުރިހާ ބީލަންތަކެއް ބާތިލުކޮށް އަލުން ބީލަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އިޢުލާން ކުރަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

01 އޭޕްރިލް 2021

ބުރާސްފަތި

12:00

ބީލަމުގައި ރަޖިސްޓަރ ވާފަރާތްތަކަށް ބާއްވާ ސައިޓް އިންސްޕެކްޝަން ބައްދަލްވުން

03 އޭޕްރިލް 2021

ހޮނިހިރު

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަނޑި

05 އޭޕްރިލް 2021

ހޯމަ

12:00

އަންދާސީ ހިސާބު ހުށަހެޅުން

11 އޭޕްރިލް 2021

އާދީއްތަ

11:00

 

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރވެ ސައިޓް އިންސްޕެކްޝަނަށް ކަނޑައަޅާފައިވާ ދުވަހު މި ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓަރވުމުގެ ސުންގަޑި ހަމަވުމުން މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވި ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

24 މާރިޗު 2021
ހޯދާ