ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 03 ފަންގިފިލައެއްގައި ހަރުކޮށްފައިވާ އެއަރކޮން އައުޓްޑޯ ޔުނިޓްތައް ނައްޓައި އައު އައުޓްޑޯ ޔުނިޓް ސަޕްލައިކޮށްދިނުމާއި އިންސްޓޯލް ކުރުމާއި މަސައްކަތަށް ބޭނުންވާ ހުރިހާތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު IL-PRC/2021/09 އިޢުލާނަށް ހުށަހަޅާފައިވާ ބީލަންތަކަކީ އާރްއެފްޕީ ގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާ ބީލަންތަކަކަށްވާތީ، ހުށަހަޅާފައިވާ ހުރިހާ ބީލަންތަކެއް ބާތިލުކޮށް އަލުން ބީލަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި |
01 އޭޕްރިލް 2021 |
ބުރާސްފަތި |
12:00 |
ބީލަމުގައި ރަޖިސްޓަރ ވާފަރާތްތަކަށް ބާއްވާ ސައިޓް އިންސްޕެކްޝަން ބައްދަލްވުން |
03 އޭޕްރިލް 2021 |
ހޮނިހިރު |
11:00 |
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަނޑި |
05 އޭޕްރިލް 2021 |
ހޯމަ |
12:00 |
އަންދާސީ ހިސާބު ހުށަހެޅުން |
11 އޭޕްރިލް 2021 |
އާދީއްތަ |
11:00 |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރވެ ސައިޓް އިންސްޕެކްޝަނަށް ކަނޑައަޅާފައިވާ ދުވަހު މި ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓަރވުމުގެ ސުންގަޑި ހަމަވުމުން މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވި ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.