މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ވެލްޑަރ
ބޭނުންވާ އަދަދު :2
މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1
މަޤާމް :ކާޕެންޓަރ
ބޭނުންވާ އަދަދު :2
މަޤާމް :މޭސަން
ބޭނުންވާ އަދަދު :2
މަޤާމް :ސްޓޯރކީޕަރ
ބޭނުންވާ އަދަދު :3

 

 

މަޤާމް :

ވެލްޑަރ

ބޭނުންވާ އަދަދު:

02

މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ވެލްޑް އަދި މެޓަލް ވާރކްސް ދަންނަށް މީހެއް ކަމުގައިވުން.

- އުސްތަންތަނަށް އަރައިގެން މަސައްކަތް ކުރެވޭނެފަދަ ފަރާތަކަށްވުން.

- ސިއްހަތު ރަނގަޅު ހަށިގަނޑުގަ ބާރުހުރި ފަރާތަކަށްވުން.

- ކުރެހުން ބަލައިގެން މަސައްކަތްކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސިވިލް ޔުނިޓުން ހަވާލްކުރާ މެޓަލް މަސައްކަތްރައް ކުރުން.

- އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރ ގެ އެންމެހައި ވެލްޑިން މަސައްކަތް ކުރުން.

- ހޮޅިފަދަތަކެތި ބެއްދުމާއި ގޭސް ބޭނުންކޮށްގެން ދަގަނޑު ފަދަތަކެތި ކަނޑާ ހެދުން.

- މަޤާމުގެ ވާޖިބްތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

- ކުންފުނީގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރގެ އެންމެހައި ވެލްޑިންގް އަދި މެޓަލް ވޯރކްސް މަސައްކަތްތައް ކުރުން.

- ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް އެންމެހައި ވެލްޑިންގް އަދި މެޓަލް ވޯރކްސް މަސައްކަތްތައް ކުރުން.

- ހޮޅިފަދަ ތަކެތި ބެއްދުމާއި، ގޭސް ބޭނުންކޮށްގެން ދަގަނޑުފަދަ ތަކެތި ކަނޑާ ހެދުން.

މަޤާމް :

 ޑްރައިވަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު -/4580  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- އޮޓޯ އަދި މެނުއަލް c  ކެޓަގަރީގެ ވެހިކަލް ދުއްވުމުގެ ލައިސެންސް އޮތުން، ސީއްޙަތު ރަނގަޅުވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށް ވުން.

- މީގެ އިތުރުން ފޯކްލިފްޓް އަދި އެކްސްކަވޭޓަރ ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ޑިޕާޓްމަންޓްގައި ބޭނުންކުރާ ވެހިކަލްތައް ޑިޕާޓްމަންޓްގައި ކަނޑައެޅިފައިވާ އުޟޫލާއި އެއްގޮތަށް އޮޕަރޭޓްކުރުން.

- ވެހިކަލްތަކުގެ ޑެއިލީޗެކްކުރުން، ވެހިކަލްގެ އަޑީތެޔޮ އަދި އެހެނިހެން ތެޔޮ ޗެކްކޮށް ލެވެލްއަޕް ކުރަންޖެހޭނަމަ އެކަން ކުރަން ހަމަޖެހިފައިވާ ފަރާތްތަކަށް އެންގުން.

- ވެހިކަލް ދޮވެ، ސާފުކޮށް ބެލެހެއްޓުން.

- ވެހިކަލްގެ އަހަރީފީ، ރޯޑުވާތީނެސް އަދި އިންޝުއަރެންސް ހަމަވޭތޯ ބަލައި އެކަން ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެންގުން.

މަޤާމް :

ކާޕެންޓަރ

ބޭނުންވާ އަދަދު:

02

މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މަޤާމާއި ގުޅޭ ދާއިރާ އިން އެޑްވާންސް ސެޓްފިކެޓް ހާސިލް ކޮށްފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

- ކާޕެންޓްރީ މަސައްކަތްކުރަން ރަނގަޅަށް ދަންނަ މީހެއްކަމުގައި ވުން.

- އުސްތަންތަނަށް އަރައިގެން މަސައްކަތް ކުރެވޭނެފަދަ ފަރާތަކަށްވުން.

-ސިއްހަތު ރަނގަޅު ހަށިގަނޑުގަ ބާރުހުރި ފަރާތަކަށްވުން.

-ކުރެހުން ބަލައިގެން މަސައްކަތްކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރގެ އެންމެހައި ވަޑާމުގެ މަސައްކަތްތައް ކުރުން.

- ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް އެންމެހައި ވަޑާމުގެ މަސައްކަތްތައް ކުރުން.

- ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް އިމާރާތް ހިޔާކުރުމަށް ފްރޭމް ހެދުމާއި އެންމެހައި ވަޑާމުގެ މަސައްކަތްތައް ކުރުން.

- ލަކުޑި ޕާޓިޝަން ޖެހުމާއި، ސީލިންގ ކުރުން.

-ކަބަޑު އަދި ލަކުޑި ދޮރުފަދަ ތަކެތި ތައްޔާރުކޮށް ހަރުކުރުން.

މަޤާމް :

މޭސަން

ބޭނުންވާ އަދަދު:

02

މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މަޤާމާއި ގުޅޭ ދާއިރާ އިން އެޑްވާންސް ސެޓްފިކެޓް ހާސިލް ކޮށްފައިވުންނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

- މޭޝަނަރީ މަސައްކަތްކުރަން ރަނގަޅަށް ދަންނަ މީހެއްކަމުގައި ވުން.

- އުސްތަންތަނަށް އަރައިގެން މަސައްކަތް ކުރެވޭނެފަދަ ފަރާތަކަށްވުން.

- ސިއްހަތު ރަނގަޅު ހަށިގަނޑުގަ ބާރުހުރި ފަރާތަކަށްވުން.

-ކުރެހުން ބަލައިގެން މަސައްކަތްކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރގެ އެންމެހައި މޭޝަނަރީ މަސައްކަތްތައް ކުރުން.

-ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް އެންމެހައި މޭޝަނަރީ މަސައްކަތްތައް ކުރުން.

- ރޭނުމާއި ސިމެންތި ޖެހުން އަދި ޓައިލްސް ޖެހުމުގެ މަސައްކަތް ކުރުން.

- ކޮންކްރީޓް މަސައްކަތްތައް ކުރުން.

މަޤާމް :

ސްޓޯރ ކީޕަރ

ބޭނުންވާ އަދަދު:

03

މުސާރަ:

މަހަކު -/4090 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 10 ފުރިހަމަކޮށްފައިވުން. ( ގްރޭޑް 10 ފުރިހމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިން ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

-  ސިއްހަތު ރަނގަޅު ހަށިގަނޑުގަ ބާރުހުރި ފަރާތަކަށްވުން.

- މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ބޭނުން ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީން ހަމަޖައްސާފައިވާ އުޟޫލާއި އެއްގޮތަށް ޑިޕާޓްމަންޓްގެ ސްޓޯރ ބެލެހެއްޓުން.

- ޑިޕާޓްމަންޓުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް ޓޫލްސް އަދި މެޓީރިއަލްސް ދޫކުރުމާއި، އަނބުރާ ގެނައުމުން އެތަކެއްޗާއި ހަވާލުވެ ރައްކާކުރުން.

- ޑިޕާޓްމަންޓްގައި ބޭނުންކުރާ ޕަވަރ ޓޫލްސްތަކާއި އެހެނިހެން ޓޫލްސްތައް ސާފުކޮށް، ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

- ޑިޕާޓްމަންޓްގައި ބޭނުންކުރާ ޕަވަރ ޓޫލްސްތަކާއި އެހެނިހެން ޓޫލްސްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

- ސްޓޯރަށް ބޭނުންވާ ތަކެތީގެ ލިސްޓް ތައްޔާރުކޮށް އެތަކެތި ހޯދުމަށް ހަމަޖެހިފައިވާ ފަރާތަށް ހުށައެޅުން.

- ޑިޕާޓްމަންޓުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް ހޯދޭ އެންމެހައި ތަކެތި ލޮގްކޮށް، މަސައްކަތައް ދޫކުރެވޭ ވަރު ނޯޓުކުރުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2021 މާރިޗް 23 އަންގާރަ ދުވަހުގެ 14:00ގެ ކުރިން.

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށައަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 މާރިޗް 25 އާއި އޭޕްރިލް 25 އާއި ދެމެދުގައެވެ.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

15 މާރިޗު 2021
ހޯދާ