ދިވެހިރާއްޖެ
މަޤާމް :ވެލްޑަރ | |
---|---|
ބޭނުންވާ އަދަދު :2 | |
މަޤާމް :ޑްރައިވަރ | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :ކާޕެންޓަރ | |
---|---|
ބޭނުންވާ އަދަދު :2 | |
މަޤާމް :މޭސަން | |
---|---|
ބޭނުންވާ އަދަދު :2 | |
މަޤާމް :ސްޓޯރކީޕަރ | |
---|---|
ބޭނުންވާ އަދަދު :3 | |
މަޤާމް : |
ވެލްޑަރ |
ބޭނުންވާ އަދަދު: |
02 |
މުސާރަ: |
މަހަކު -/5500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ. އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ. |
ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ވެލްޑް އަދި މެޓަލް ވާރކްސް ދަންނަށް މީހެއް ކަމުގައިވުން. - އުސްތަންތަނަށް އަރައިގެން މަސައްކަތް ކުރެވޭނެފަދަ ފަރާތަކަށްވުން. - ސިއްހަތު ރަނގަޅު ހަށިގަނޑުގަ ބާރުހުރި ފަރާތަކަށްވުން. - ކުރެހުން ބަލައިގެން މަސައްކަތްކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
- ސިވިލް ޔުނިޓުން ހަވާލްކުރާ މެޓަލް މަސައްކަތްރައް ކުރުން. - އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރ ގެ އެންމެހައި ވެލްޑިން މަސައްކަތް ކުރުން. - ހޮޅިފަދަތަކެތި ބެއްދުމާއި ގޭސް ބޭނުންކޮށްގެން ދަގަނޑު ފަދަތަކެތި ކަނޑާ ހެދުން. - މަޤާމުގެ ވާޖިބްތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން. - ކުންފުނީގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރގެ އެންމެހައި ވެލްޑިންގް އަދި މެޓަލް ވޯރކްސް މަސައްކަތްތައް ކުރުން. - ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް އެންމެހައި ވެލްޑިންގް އަދި މެޓަލް ވޯރކްސް މަސައްކަތްތައް ކުރުން. - ހޮޅިފަދަ ތަކެތި ބެއްދުމާއި، ގޭސް ބޭނުންކޮށްގެން ދަގަނޑުފަދަ ތަކެތި ކަނޑާ ހެދުން. |
މަޤާމް : |
ޑްރައިވަރ |
ބޭނުންވާ އަދަދު: |
01 |
މުސާރަ: |
މަހަކު -/4580 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ. އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ. |
ޝަރުތު: |
- އޮޓޯ އަދި މެނުއަލް c ކެޓަގަރީގެ ވެހިކަލް ދުއްވުމުގެ ލައިސެންސް އޮތުން، ސީއްޙަތު ރަނގަޅުވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށް ވުން. - މީގެ އިތުރުން ފޯކްލިފްޓް އަދި އެކްސްކަވޭޓަރ ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
- ޑިޕާޓްމަންޓްގައި ބޭނުންކުރާ ވެހިކަލްތައް ޑިޕާޓްމަންޓްގައި ކަނޑައެޅިފައިވާ އުޟޫލާއި އެއްގޮތަށް އޮޕަރޭޓްކުރުން. - ވެހިކަލްތަކުގެ ޑެއިލީޗެކްކުރުން، ވެހިކަލްގެ އަޑީތެޔޮ އަދި އެހެނިހެން ތެޔޮ ޗެކްކޮށް ލެވެލްއަޕް ކުރަންޖެހޭނަމަ އެކަން ކުރަން ހަމަޖެހިފައިވާ ފަރާތްތަކަށް އެންގުން. - ވެހިކަލް ދޮވެ، ސާފުކޮށް ބެލެހެއްޓުން. - ވެހިކަލްގެ އަހަރީފީ، ރޯޑުވާތީނެސް އަދި އިންޝުއަރެންސް ހަމަވޭތޯ ބަލައި އެކަން ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެންގުން. |
މަޤާމް : |
ކާޕެންޓަރ |
ބޭނުންވާ އަދަދު: |
02 |
މުސާރަ: |
މަހަކު -/5500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ. އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ. |
ޝަރުތު: |
- މަޤާމާއި ގުޅޭ ދާއިރާ އިން އެޑްވާންސް ސެޓްފިކެޓް ހާސިލް ކޮށްފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. - ކާޕެންޓްރީ މަސައްކަތްކުރަން ރަނގަޅަށް ދަންނަ މީހެއްކަމުގައި ވުން. - އުސްތަންތަނަށް އަރައިގެން މަސައްކަތް ކުރެވޭނެފަދަ ފަރާތަކަށްވުން. -ސިއްހަތު ރަނގަޅު ހަށިގަނޑުގަ ބާރުހުރި ފަރާތަކަށްވުން. -ކުރެހުން ބަލައިގެން މަސައްކަތްކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
- ކުންފުނީގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރގެ އެންމެހައި ވަޑާމުގެ މަސައްކަތްތައް ކުރުން. - ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް އެންމެހައި ވަޑާމުގެ މަސައްކަތްތައް ކުރުން. - ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް އިމާރާތް ހިޔާކުރުމަށް ފްރޭމް ހެދުމާއި އެންމެހައި ވަޑާމުގެ މަސައްކަތްތައް ކުރުން. - ލަކުޑި ޕާޓިޝަން ޖެހުމާއި، ސީލިންގ ކުރުން. -ކަބަޑު އަދި ލަކުޑި ދޮރުފަދަ ތަކެތި ތައްޔާރުކޮށް ހަރުކުރުން. |
މަޤާމް : |
މޭސަން |
ބޭނުންވާ އަދަދު: |
02 |
މުސާރަ: |
މަހަކު -/5500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ. އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ. |
ޝަރުތު: |
- މަޤާމާއި ގުޅޭ ދާއިރާ އިން އެޑްވާންސް ސެޓްފިކެޓް ހާސިލް ކޮށްފައިވުންނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. - މޭޝަނަރީ މަސައްކަތްކުރަން ރަނގަޅަށް ދަންނަ މީހެއްކަމުގައި ވުން. - އުސްތަންތަނަށް އަރައިގެން މަސައްކަތް ކުރެވޭނެފަދަ ފަރާތަކަށްވުން. - ސިއްހަތު ރަނގަޅު ހަށިގަނޑުގަ ބާރުހުރި ފަރާތަކަށްވުން. -ކުރެހުން ބަލައިގެން މަސައްކަތްކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
- ކުންފުނީގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރގެ އެންމެހައި މޭޝަނަރީ މަސައްކަތްތައް ކުރުން. -ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް އެންމެހައި މޭޝަނަރީ މަސައްކަތްތައް ކުރުން. - ރޭނުމާއި ސިމެންތި ޖެހުން އަދި ޓައިލްސް ޖެހުމުގެ މަސައްކަތް ކުރުން. - ކޮންކްރީޓް މަސައްކަތްތައް ކުރުން. |
މަޤާމް : |
ސްޓޯރ ކީޕަރ |
ބޭނުންވާ އަދަދު: |
03 |
މުސާރަ: |
މަހަކު -/4090 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
-/4500 ރ - -/5500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ. އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ. |
ޝަރުތު: |
- ގްރޭޑް 10 ފުރިހަމަކޮށްފައިވުން. ( ގްރޭޑް 10 ފުރިހމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިން ސެޓްފިކެޓް ހުށަހެޅުމުންނެވެ.) - ސިއްހަތު ރަނގަޅު ހަށިގަނޑުގަ ބާރުހުރި ފަރާތަކަށްވުން. - މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ބޭނުން ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
- ކުންފުނީން ހަމަޖައްސާފައިވާ އުޟޫލާއި އެއްގޮތަށް ޑިޕާޓްމަންޓްގެ ސްޓޯރ ބެލެހެއްޓުން. - ޑިޕާޓްމަންޓުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް ޓޫލްސް އަދި މެޓީރިއަލްސް ދޫކުރުމާއި، އަނބުރާ ގެނައުމުން އެތަކެއްޗާއި ހަވާލުވެ ރައްކާކުރުން. - ޑިޕާޓްމަންޓްގައި ބޭނުންކުރާ ޕަވަރ ޓޫލްސްތަކާއި އެހެނިހެން ޓޫލްސްތައް ސާފުކޮށް، ރައްކާތެރިކަމާއިއެކު ބެލެހެއްޓުން. - ޑިޕާޓްމަންޓްގައި ބޭނުންކުރާ ޕަވަރ ޓޫލްސްތަކާއި އެހެނިހެން ޓޫލްސްތަކުގެ އިންވެންޓްރީ ބެލެހެއްޓުން. - ސްޓޯރަށް ބޭނުންވާ ތަކެތީގެ ލިސްޓް ތައްޔާރުކޮށް އެތަކެތި ހޯދުމަށް ހަމަޖެހިފައިވާ ފަރާތަށް ހުށައެޅުން. - ޑިޕާޓްމަންޓުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް ހޯދޭ އެންމެހައި ތަކެތި ލޮގްކޮށް، މަސައްކަތައް ދޫކުރެވޭ ވަރު ނޯޓުކުރުން. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު |
މަސައްކަތް ކުރަންޖެހޭ ތަން : |
ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް |
ސުންގަޑި: |
2021 މާރިޗް 23 އަންގާރަ ދުވަހުގެ 14:00ގެ ކުރިން. |
ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި: |
- މަޤާމަށް އެދިހުށައަޅާ ފޯމް - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް |
އިންޓަރވިއު މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 މާރިޗް 25 އާއި އޭޕްރިލް 25 އާއި ދެމެދުގައެވެ. |
ފޯރމް ހުށަހަޅަންޖެހޭ އޮފީސް: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected] |
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ. |