މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު (ނަންބަރު 12/2020) ގެ ދަށުން އަގު ކޮންޓްރޯލްކުރުން

 

(PR)101-FTS/101/2021/1 :ނަންބަރު

    

މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު (ނަންބަރު 12/2020) ގެ ދަށުން އަގު ކޮންޓްރޯލްކުރުން 

 

  ޤާނޫނު ނަންބަރު 96/1( މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) 28 ފެބްރުއަރީ 2021 ގައި އުވި، ޤާނޫނު ނަންބަރު 2020/12(މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފަށާފައިވާތީ، އެޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން،  އަންނަނިވި މުދާ ވަކިވަކިން (ރީޓެއިލްކޮށް) ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކޮށްފީމެވެ. 

 

ކާޑުގެ ބާވަތްތައް 

ވިއްކާ އަގު (ކިލޯއެއް) ރުފިޔާއިން  

އާދައިގެ ހަނޑޫ 

4.80 (ހަތަރު ރުފިޔާ އައްޑިހަ ލާރި) 

އާދައިގެ ހުދު ހަކުރު 

4.82 (ހަތަރު ރުފިޔާ އައްޑިހަ ދެލާރި) 

އާދައިގެ ފުއް 

3.80 (ތިން ރުފިޔާ އައްޑިހަ ލާރި) 

  

އެހެންނަމަވެސް، ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) މަތީގައި ބަޔާންކުރާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.  

 

ޒޯން ގައި ހިމެނޭ އަތޮޅުތައް  

ޒޯން 1: 

(ހއ، ހދ، ށ) 

ޒޯން 2: (ގްރޭޓާ މާލޭ އޭރިޔާ ފިޔަވައި) 

(ނ،ރ،ބ،ޅ،ކ،އއ،އދ،ވ،މ،ފ،ދ،ތ) 

ޒޯން 3: 

(ލ،ގއ،ގދ،ޏ،ސ) 

ކިލޯއަކަށް  

1.02 ރ  

( އެއްރުފިޔާ ދެލާރި) 

0.82 ރ  

(އައްޑިހަ ދެލާރި) 

1.21 ރ  

(އެއްރުފިޔާ އެކާވީސް ލާރި) 

 

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކޮންޓްރޯލް އަގައްވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފިނަމަ، އެފަރާތެއް ޤާނޫނު ޤާނޫނު ނަންބަރު 2020/12(މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ. 

މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. 

09 މާރިޗު 2021
ހޯދާ