ދިވެހިރާއްޖެ
(PR)101-FTS/101/2021/1 :ނަންބަރު
މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު (ނަންބަރު 12/2020) ގެ ދަށުން އަގު ކޮންޓްރޯލްކުރުން
ޤާނޫނު ނަންބަރު 96/1( މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) 28 ފެބްރުއަރީ 2021 ގައި އުވި، ޤާނޫނު ނަންބަރު 2020/12(މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފަށާފައިވާތީ، އެޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަންނަނިވި މުދާ ވަކިވަކިން (ރީޓެއިލްކޮށް) ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކޮށްފީމެވެ.
ކާޑުގެ ބާވަތްތައް |
ވިއްކާ އަގު (ކިލޯއެއް) ރުފިޔާއިން |
އާދައިގެ ހަނޑޫ |
4.80 (ހަތަރު ރުފިޔާ އައްޑިހަ ލާރި) |
އާދައިގެ ހުދު ހަކުރު |
4.82 (ހަތަރު ރުފިޔާ އައްޑިހަ ދެލާރި) |
އާދައިގެ ފުއް |
3.80 (ތިން ރުފިޔާ އައްޑިހަ ލާރި) |
އެހެންނަމަވެސް، ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) މަތީގައި ބަޔާންކުރާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
ޒޯން ގައި ހިމެނޭ އަތޮޅުތައް |
ޒޯން 1: (ހއ، ހދ، ށ) |
ޒޯން 2: (ގްރޭޓާ މާލޭ އޭރިޔާ ފިޔަވައި) (ނ،ރ،ބ،ޅ،ކ،އއ،އދ،ވ،މ،ފ،ދ،ތ) |
ޒޯން 3: (ލ،ގއ،ގދ،ޏ،ސ) |
ކިލޯއަކަށް |
1.02 ރ ( އެއްރުފިޔާ ދެލާރި) |
0.82 ރ (އައްޑިހަ ދެލާރި) |
1.21 ރ (އެއްރުފިޔާ އެކާވީސް ލާރި) |
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކޮންޓްރޯލް އަގައްވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފިނަމަ، އެފަރާތެއް ޤާނޫނު ޤާނޫނު ނަންބަރު 2020/12(މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.
މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.