ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫއިން ދިރިއުޅުމަށް ގޯތިލިބޭ ފަރާތްތަކާއި، އެފަރާތްތަކަށް ގޯތި ޙަވާލުކުރުން

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ

     ވޭމަންޑޫ

    ދިވެހިރާއްޖެ                                

 

ވޭމަންޑޫއިން ދިރިއުޅުމަށް ގޯތި ލިބޭ ފަރާތްތަކާއި، އެފަރާތްތަކަށް ގޯތި ޙަވާލް ކުރުން.

           ވޭމަންޑޫ ކައުންސިލް އިދާރާގެ ނަންބަރު: (IUL)392-ADM/392/2021/06 (2021/03/07 ) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

           ވޭމަންޑޫ އިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 70 ( ހަތްދިހަ ) ބަންޑާރަ ގޯތި ލިބުމަށް އެދި މި އިދާރާއިން ކޮށްފައިވާ ނަމްބަރު:

(IUL)392-ADM/392/2019/48 ( 2019/10/01 ) އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅި 147 ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ 70 ފަރާތް

މި އިޢުލާނާއި އެކު ޢާއްމު ކުރީމެވެ. އަދި ގޯތިލިބޭ 70 ފަރާތާއި ގޯތި ޙަވާލުކުރުން 10 މާރޗް 2021 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ވޭމަންޑޫ ކައުންސިލް އިދާރާގައި

އޮންނާނެއެވެ.

           ވީމާ، ލިބޭ ގޯތި ކަނޑައެޅުމަށް ނެގޭ ގުރުއަތުގައި ބައިވެރިވުމަށްޓަކައި ގޯތިލިބޭ ފަރާތުން ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ އެފަރާތުގެ އިޢުތިރާޟެއް ނެތްކަމުގެ

ސިޓީހިފައިގެން، 10 މާރޗް 2021 ވާ ބުދަ ދުވަހުގެރޭ 8:30 އަށް ވޭމަންޑޫ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުންއެދި ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

          

            07 މާރިޗް 2021

07 މާރިޗު 2021
ހޯދާ