ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ވޭމަންޑޫ
ދިވެހިރާއްޖެ
ވޭމަންޑޫއިން ދިރިއުޅުމަށް ގޯތި ލިބޭ ފަރާތްތަކާއި، އެފަރާތްތަކަށް ގޯތި ޙަވާލް ކުރުން.
ވޭމަންޑޫ ކައުންސިލް އިދާރާގެ ނަންބަރު: (IUL)392-ADM/392/2021/06 (2021/03/07 ) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.
ވޭމަންޑޫ އިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 70 ( ހަތްދިހަ ) ބަންޑާރަ ގޯތި ލިބުމަށް އެދި މި އިދާރާއިން ކޮށްފައިވާ ނަމްބަރު:
(IUL)392-ADM/392/2019/48 ( 2019/10/01 ) އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅި 147 ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ 70 ފަރާތް
މި އިޢުލާނާއި އެކު ޢާއްމު ކުރީމެވެ. އަދި ގޯތިލިބޭ 70 ފަރާތާއި ގޯތި ޙަވާލުކުރުން 10 މާރޗް 2021 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ވޭމަންޑޫ ކައުންސިލް އިދާރާގައި
އޮންނާނެއެވެ.
ވީމާ، ލިބޭ ގޯތި ކަނޑައެޅުމަށް ނެގޭ ގުރުއަތުގައި ބައިވެރިވުމަށްޓަކައި ގޯތިލިބޭ ފަރާތުން ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ އެފަރާތުގެ އިޢުތިރާޟެއް ނެތްކަމުގެ
ސިޓީހިފައިގެން، 10 މާރޗް 2021 ވާ ބުދަ ދުވަހުގެރޭ 8:30 އަށް ވޭމަންޑޫ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުންއެދި ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
07 މާރިޗް 2021