ދިވެހިރާއްޖެ
ރަސްގެތީމް ސްކޫލް
ރ.ރަސްގެތީމް
އިޢުލާން ނަންބަރ: GS121/IUL/2021/03
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވޯކްވޭގެ އަތުރާގާއެޅުމާއި ގުޅޭ
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
1 ޕީޓީއޭގެ ފަރާތުން މިސްކޫލްގައި ހަދަމުންދާ ވޯރކްވޭގައި އެތުރުމަށް އަޅާގާ އެޅުމުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ފެބުރުވަރީ 14 ން 2021 ފެބުރުވަރީ 18 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް ރަސްގެތީމު ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ފެބުރުވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ރަސްގެތީމު ސްކޫލް ގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 13:30 ގައި ރަސްގެތީމު ސްކޫލް ގައެވެ.
6 މި ބީލަމާއި ގުޅޭ ބީލަން ފޮތް ނަންނޯޓްކުރާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.
7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރަސްގެތީމު ސްކޫލް
ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.
ފޯން: 6580361 އަދި 6580405
އީ-މެއިލް:[email protected]
14 ފެބުރުވަރީ 2021