ޢާންމު މަޢުލޫމާތު
ނަންބަރު: GS121/IUL/2021/03
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 24 ފެބުރުވަރީ 2021 13:30
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ވޯކްވޭގެ އަތުރާގާއެޅުމާއި ބެހޭ

ރަސްގެތީމް ސްކޫލް

ރ.ރަސްގެތީމް

                                       އިޢުލާން ނަންބަރ: GS121/IUL/2021/03

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ވޯކްވޭގެ އަތުރާގާއެޅުމާއި ގުޅޭ

   މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

1        ޕީޓީއޭގެ ފަރާތުން މިސްކޫލްގައި ހަދަމުންދާ ވޯރކްވޭގައި އެތުރުމަށް އަޅާގާ އެޅުމުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ފެބުރުވަރީ 14 ން 2021 ފެބުރުވަރީ 18 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް ރަސްގެތީމު ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ފެބުރުވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  21 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގައި  ރަސްގެތީމު ސްކޫލް ގައެވެ.

5        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 13:30 ގައި ރަސްގެތީމު ސްކޫލް ގައެވެ.

6        މި ބީލަމާއި ގުޅޭ ބީލަން ފޮތް ނަންނޯޓްކުރާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.

7        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރަސްގެތީމު ސްކޫލް

ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.

ފޯން:   6580361 އަދި 6580405

އީ-މެއިލް:[email protected]

14 ފެބުރުވަރީ 2021

14 ފެބުރުވަރީ 2021