ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދޭނެފަރާތެއް ހޯދުމަށް

 

އިޢުލާން

 

                        ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ކުރެވުނު ނަމްބަރ: (IUL)GS-30/GS-30/2020/14އިޢުލާން ބާޠިލުކޮށް ، ނާސްތާ ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ފެބުރުއަރީ 7 އިން 2021 ފެބުރުއަރީ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް މިސްކޫލަށް ވަޑައިގެން ނޫނީ މެސެޖު،އީމެއިލް ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ފެބުރުއަރީ 14 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ފެބުރުއަރީ 15 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2021 ފެބުރުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޕްރޮގްރާމުގައި ބައިވެރުވުމަށް ނަންނޯޓް ކުރައްވާ ފަރާތްތަކަށް މިމަދަރުސާގެ އިދާރާއިން އީމެއިލް އިން ފޮނުވައިދޭނެއެވެ. 
  2. އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.އަތޮޅު މަދަރުސާ

ގައްދޫ ، ދިވެހިރާއްޖެ.

ފޯން:  7983083

އީމެއިލް: [email protected]

 

03 ފެބުރުވަރީ 2021
ހޯދާ