މަސައްކަތް
ނަންބަރު: (IUL)GS-30/GS-30/2021/01
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި:
11 ފެބުރުވަރީ 2021 13:00
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދޭނެފަރާތެއް ހޯދުމަށް
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ކުރެވުނު ނަމްބަރ: (IUL)GS-30/GS-30/2020/14އިޢުލާން ބާޠިލުކޮށް ، ނާސްތާ ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ފެބުރުއަރީ 7 އިން 2021 ފެބުރުއަރީ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް މިސްކޫލަށް ވަޑައިގެން ނޫނީ މެސެޖު،އީމެއިލް ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ފެބުރުއަރީ 14 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ފެބުރުއަރީ 15 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ފެބުރުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޕްރޮގްރާމުގައި ބައިވެރުވުމަށް ނަންނޯޓް ކުރައްވާ ފަރާތްތަކަށް މިމަދަރުސާގެ އިދާރާއިން އީމެއިލް އިން ފޮނުވައިދޭނެއެވެ.
- އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.އަތޮޅު މަދަރުސާ
ގައްދޫ ، ދިވެހިރާއްޖެ.
ފޯން: 7983083
އީމެއިލް: [email protected]
03 ފެބުރުވަރީ 2021