ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކ.ގުރައިދޫ މަސްޖިދުލް އިޚާ މަރާމާތުރުން
މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ކ.ގުރައިދޫ މަސްޖިދުލް އިޚާ ގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)338-MS/338/2021/11 އާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތު މިއިދާރާއަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ފޮނުވުމަށާއި، މަސައްކަތާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
އީމެއިލް އެޑްރެސް:
ފޯނު ނަމްބަރ:
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 2021 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން ނަމްބަރު: 7906473 އަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ.