ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)338-MS/338/2021/2
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 21 ޖަނަވަރީ 2021 11:00
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫ މަސްޖިދުލް އިހާ މަރާމާތުރުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

         

ކ.ގުރައިދޫ މަސްޖިދުލް އިޚާ މަރާމާތުރުން

            މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ކ.ގުރައިދޫ މަސްޖިދުލް އިޚާ ގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)338-MS/338/2021/11 އާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތު މިއިދާރާއަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ފޮނުވުމަށާއި، މަސައްކަތާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

އީމެއިލް އެޑްރެސް:

ފޯނު ނަމްބަރ:

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 2021 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން ނަމްބަރު: 7906473 އަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ.

18 ޖަނަވަރީ 2021