ދިވެހިރާއްޖެ
ހުރާ ސްކޫލް
ކ.ހުރާ ނަމްބަރު:GS142/IUL/2020/17 ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން
މި ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
-މި ޕްރޮޖެކްޓްގެ ބިޑް ސިކިއުރިޓީގެ ގޮތުގައި -/5000ރ (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސިކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
ބީލަމުގައި ބައިވެރިވުމަށް އެދި ނަން ނޯޓުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
05 ޖެނުއަރީ 2021 )އަންގާރަ) ގަޑި: 10:00 އާއި ހަމައަށް (ރަސްމީގަޑި ތަކުގައި) ނަން ނޯޓު ކުރާނެ ގޮތް: ސްކޫލްގެ ހޮފީހަށް ހާޒިރުވެ |
07 ޖެނުއަރީ 2021 (ބުރާސްފަތި) ގަޑި: 10:00 |
-ބީލަން ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސްކޫލްގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6640177 މިނަމްބަރ އަށް ގުޅުއްވައިގެން ނުވަތަ މިސްކޫލްގެ([email protected] ) އީ.މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. މި ބީލަމާއި ގުޅޭ ބީލަން ފޮތް އަދި ހުށަހަޅަން ޖެހޭ ލިޔުންތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.މި ބީލަމުގައި ބައިވެރިވާން އެދި މިސްކޫލްގައި ނަންނޯޓް ކުރާ ހުރިހާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތުދެވޭނެ ވާހަކަ ދަންނަވަމެވެ.
16 ޖުމާދަލްއޫލާ 1442
31 ޑިސެމްބަރ 2020