ޢާންމު މަޢުލޫމާތު
ނަންބަރު: GS142/IUL/2020/17
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 05 ޖަނަވަރީ 2021 10:00
ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ހުރާ ސްކޫލް

ކ.ހުރާ                                           ނަމްބަރު:GS142/IUL/2020/17                                             ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން 

މި ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

-މި ޕްރޮޖެކްޓްގެ ބިޑް ސިކިއުރިޓީގެ ގޮތުގައި -/5000ރ (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސިކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

ބީލަމުގައި ބައިވެރިވުމަށް އެދި ނަން ނޯޓުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

05 ޖެނުއަރީ 2021 )އަންގާރަ)

ގަޑި: 10:00 އާއި ހަމައަށް (ރަސްމީގަޑި ތަކުގައި)

ނަން ނޯޓު ކުރާނެ ގޮތް:  ސްކޫލްގެ ހޮފީހަށް ހާޒިރުވެ

07 ޖެނުއަރީ 2021 (ބުރާސްފަތި)

ގަޑި: 10:00

-ބީލަން ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސްކޫލްގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6640177  މިނަމްބަރ އަށް ގުޅުއްވައިގެން ނުވަތަ މިސްކޫލްގެ([email protected] ) އީ.މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.  މި ބީލަމާއި ގުޅޭ ބީލަން ފޮތް އަދި ހުށަހަޅަން ޖެހޭ ލިޔުންތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.މި ބީލަމުގައި ބައިވެރިވާން އެދި މިސްކޫލްގައި ނަންނޯޓް ކުރާ ހުރިހާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ  ފުރުސަތުދެވޭނެ ވާހަކަ ދަންނަވަމެވެ.

16 ޖުމާދަލްއޫލާ 1442

31 ޑިސެމްބަރ 2020

31 ޑިސެންބަރު 2020