ދިވެހިރާއްޖެ
ހުރާ ސްކޫލް
ކ.ހުރާ ނަމްބަރު:GS142/IUL/2020/16
އިޢުލާން
2021 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއިގުޅޭ
2021 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު GS142/IUL/2020/11 ނަންބަރު އިޢުލާން ބާޠިލުކޮށް އަލުން އެފުރުޝަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ، 30 ޑިސެމްބަރ 2020 ން 07 ޖެނުއަރީ 2021 ށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ،10 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށައެޅުން އޮންނާނީ 11 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ހުރާ ސްކޫލުގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އަދި މައުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުރާ ސްކޫލް
ކ.ހުރާ ދިވެހިރާއްޖެ
ފޯން : 6640177
އީމެއިލް : [email protected]
މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ޑިސެމްބަރ 2020