ޢާންމު މަޢުލޫމާތު
ނަންބަރު: GS142/IUL/2020/16
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 07 ޖަނަވަރީ 2021 13:00
ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

      ހުރާ ސްކޫލް

            ކ.ހުރާ                                           ނަމްބަރު:GS142/IUL/2020/16

                                                              

އިޢުލާން

2021 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއިގުޅޭ

 

      2021 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު GS142/IUL/2020/11 ނަންބަރު އިޢުލާން ބާޠިލުކޮށް އަލުން އެފުރުޝަތު ހުޅުވާލަމެވެ.   

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ، 30 ޑިސެމްބަރ 2020 ން 07 ޖެނުއަރީ 2021 ށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
  2. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ،10 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
  3. ބީލަން ހުށައެޅުން އޮންނާނީ 11 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ހުރާ ސްކޫލުގައެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އަދި މައުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުރާ ސްކޫލް

ކ.ހުރާ ދިވެހިރާއްޖެ

ފޯން : 6640177

އީމެއިލް : [email protected]

      މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            30 ޑިސެމްބަރ 2020

 

                    

30 ޑިސެންބަރު 2020