ދިވެހިރާއްޖެ
އިޢުލާން
މި އިޢުލާން އާންމުކުރުމާއި އެކު މިއިދާރާގެ ނަންބަރ:(IUL)346/346/2020/65އިޢުލާން ވަނީ ބާޠިލް ކުރެވިފައެވެ.
ވަޒީފާގެ ފުރުޞަތު
މަޤާމް: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 2 (ދޭއް)
އޮފީސް: އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލް އިދާރާ
ޔުނިޓް: ހިމަންދޫ ކޮމިއުނިޓީ ޕްރީސްކޫލް
މަޤާމުގެ ގިންތި: ވަގުތީ
މަސައްކަތް ހަމަޖެހިފައިވާތަން: އއ. ހިމަންދޫ ކޮމިއުނިޓީ ޕްރީސްކޫލް
ރަށް: އއ. ހިމަންދޫ
މުއްދަތު: 10ޖަނަވަރީ2021 އިން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް
މަޤާމު |
ކްލެސިފިކޭޝަން |
ޝަރުތު |
މުސާރަ (ރުފިޔާ) |
ޕްރީ ސްކޫލް ޓީޗަރ |
ޕްރީސްކޫލް ޓީޗަރ 2 |
ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން.
|
4000.00
އެލަވަންސް :
1000.00 |
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:
- މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާސިލްވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
- ކުރިއަށް އޮންނަ ހަފުތާއަށް ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން (ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒުކޮށް).
- ކްލާހަކީ ކުދިންނަށް އަމިއްލައަށް އުނގެނުމަށް ފަހި މާޙައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކުލާހުގެ މާޙައުލު ރާވައިލުން).
- ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލުތައް ހިއްސާކުރުން.
- ކުދިންނާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު މުދައްރިސަށް އެނގި، އޮޅުން ފިލާފައި ހުރުން.
- ކުދިންގެ ތަޢުލީމީ ކުރިއެރުން (ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް) ޤަވާއިދުން ބަލަހައްޓައި، އެމަޢުލޫމާތު ޤަވާއިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް).
- ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާނަގައިގެން ހިންގުން.
- ކިޔަވައިދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން.
- ކުދިން ކުލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދިންގެ ބެލެނިވެރިން އެ ކުދިންނާ ހަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާނެގުން.
- މުދައްރިސުން އެމީހުންގެ އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
- ހަމަހަމަގޮތެއްގައި ސްކޫލްގެ ޙަރަކާތްތަކުގައި ހުރިހާ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތުދިނުން.
- ޕްރީސްކޫލް ކްލާސްރޫމް ތެރެ އަދި ގޯތިތެރެ މަސައްކަތު މީހުނާއި ގުޅިގެން ސާފްކޮށް ބެލެހެއްޓުން.
މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތަޢުލީމާއި ތަމްރީނު
މަސައްކަތުގެ ތަޖުރިބާ
މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 6660061
ފެކްސް: 6660061
އިންޓަރވިއު އޮންނާނެ ގަޑި:
މިމަޤާމަށް މީހަކު ނެގުން އޮންނާނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 10ޖަނަވަރީ2021 އާއި 15 ޖަނަވަރީ2021 އާއި ދެމެދުގައި ހިމަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ސުންގަޑި:ޝަރުތު ހަމަވާ މީހުން 07 ޖަނަވަރީ2021ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެތި އއ.ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ކައުންސިލް އިދާރާއިން އަދި ސިވިލްސަރިވސް ކޮމިޝަންގެ ވެބްސައިޓްwww.csc.gov.mvއިން ލިބެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ.
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ).
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
14 ޖުމާދަލްޢޫލާ1442
29ޑިސެމްބަރ2020