ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)346/346/2020/66
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 07 ޖަނަވަރީ 2021 14:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން

މި އިޢުލާން އާންމުކުރުމާއި އެކު މިއިދާރާގެ ނަންބަރ:(IUL)346/346/2020/65އިޢުލާން ވަނީ  ބާޠިލް ކުރެވިފައެވެ.

 

ވަޒީފާގެ ފުރުޞަތު

މަޤާމް:                       ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:                 2 (ދޭއް)

އޮފީސް:                       އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލް އިދާރާ

ޔުނިޓް:                       ހިމަންދޫ ކޮމިއުނިޓީ ޕްރީސްކޫލް

މަޤާމުގެ ގިންތި:                 ވަގުތީ

މަސައްކަތް ހަމަޖެހިފައިވާތަން:        އއ. ހިމަންދޫ ކޮމިއުނިޓީ ޕްރީސްކޫލް

ރަށް:                         އއ. ހިމަންދޫ

މުއްދަތު:                      10ޖަނަވަރީ2021 އިން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް

 

މަޤާމު

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ (ރުފިޔާ)

ޕްރީ ސްކޫލް ޓީޗަރ

ޕްރީސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން.

 

 

4000.00

 

 

އެލަވަންސް :

 

 

1000.00

 

 

 

 

 

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

  1. މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާސިލްވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
  2. ކުރިއަށް އޮންނަ ހަފުތާއަށް ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން (ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒުކޮށް).
  3. ކްލާހަކީ ކުދިންނަށް އަމިއްލައަށް އުނގެނުމަށް ފަހި މާޙައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކުލާހުގެ މާޙައުލު ރާވައިލުން).
  4. ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލުތައް ހިއްސާކުރުން.
  5. ކުދިންނާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު މުދައްރިސަށް އެނގި، އޮޅުން ފިލާފައި ހުރުން.
  6. ކުދިންގެ ތަޢުލީމީ ކުރިއެރުން (ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް) ޤަވާއިދުން ބަލަހައްޓައި، އެމަޢުލޫމާތު  ޤަވާއިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް).
  7. ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާނަގައިގެން ހިންގުން.
  8. ކިޔަވައިދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން.
  9. ކުދިން ކުލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދިންގެ ބެލެނިވެރިން އެ ކުދިންނާ ހަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާނެގުން.
  10. މުދައްރިސުން އެމީހުންގެ އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  11. ހަމަހަމަގޮތެއްގައި ސްކޫލްގެ ޙަރަކާތްތަކުގައި ހުރިހާ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތުދިނުން.
  12. ޕްރީސްކޫލް ކްލާސްރޫމް ތެރެ އަދި ގޯތިތެރެ މަސައްކަތު މީހުނާއި ގުޅިގެން ސާފްކޮށް ބެލެހެއްޓުން.

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު

މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:  ފޯން: 6660061

 ފެކްސް: 6660061

އިންޓަރވިއު އޮންނާނެ ގަޑި:

             މިމަޤާމަށް މީހަކު ނެގުން އޮންނާނީ އިންޓަރވިއު  ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 10ޖަނަވަރީ2021 އާއި 15 ޖަނަވަރީ2021 އާއި ދެމެދުގައި ހިމަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ސުންގަޑި:ޝަރުތު ހަމަވާ މީހުން 07 ޖަނަވަރީ2021ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެތި އއ.ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ކައުންސިލް އިދާރާއިން އަދި ސިވިލްސަރިވސް ކޮމިޝަންގެ ވެބްސައިޓްwww.csc.gov.mvއިން ލިބެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ).

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                 14 ޖުމާދަލްޢޫލާ1442

                 29ޑިސެމްބަރ2020

29 ޑިސެންބަރު 2020